ޗަމްޕާ ރިސޯޓްސްއިން ލަންކާއަށް 10،001 ޑޮލަރު، ސަން ސިޔާމް ގްރޫޕުން 200،000 ޑޮލަރު ހަދިޔާކޮށްފި
ދަޕްރެސް
30 ނޮވެމްބަރު 2025 | އާދިއްތަ | 8:28
ސްރީލަންކާ އަށް ދިމާވެފައިވާ މޫސުމީ ކާރިސާގެ ސަބަބުން އެ ގައުމަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް އެހީތެރިވެ ދިނުމުގެ ގޮތުން، ސަން ސިޔާމް ގްރޫޕްގެ ފަރާތުން ދެ ލައްކަ ޑޮލަރު ހަދިޔާކުރަން ނިންމައިފިއެވެ.
އެ ފައިސާ ހަދިޔާކުރެއްވުމުގެ ގޮތުން ސަން ސިޔާމް ގްރޫޕުގެ ޗެއާމަން ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވަނީ ސްރީ ލަންކާ ސަފީރު މުހައްމަދު ރިޒްވީ ހަސަންއާ ބައްދަލު ކުރައްވާ އެހީގެ ރަމްޒީ ޗެކް، ސަފީރަށް ހަވާލުކޮށްދެއްވާފައެވެ. އެގޮތުން މިއަދު ހަދިޔާ ކުރައްވާފައި ވަނީ ދެ ލައްކަ ޑޮލަރުގެ ތެރެއިން 75،000 ޑޮލަރެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބާކީ ބައި ހަވާލުކުރާނެ ކަމަށް ސަން ސިޔާމް ގުރޫޕުން މައުލޫމާތު ދެއެވެ.
އެ ބައްދަލު ކުރެއްވުމުގައި ސިޔާމް ވަނީ ލަންކާއަކީ އަވަށްޓެރި ގައުމުތަކުގެ ތެރެއިން ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮންނަ އެއް ގައުމުކަން ފާހަގަކޮށް ރާއްޖެއަށް ދިމާވެފައިވާ ކޮންމެ ކާރިސާއެއް ނުވަތަ ހާދިސާއެއްގައި އެންމެ އަވަހަށް އެހީވެދިން އެއް ގައުމަކީ ލަންކާ ކަމަށާއި އެ ކަމުން ރަމްޒުކޮށްދެނީ ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ގާތް ގުޅުންކަމަށް ވެސް ވިދާޅުވެފައެވެ.