އަލިފާނުގެ ހާދިސާގައި އަނިޔާވި ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށް

ދަޕްރެސް

1 ޑިސެމްބަރު 2025 | ހޯމަ | 10:08

ހުޅުމާލެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާ ތައިލެންޑަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއާ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި ސްޓެލްކޯގެ މުވައްޒަފަށް އަނިޔާވީ މިދިޔަ ބުދަ ދުވަހުއެވެ.

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭ އިންޖީނުގޭގައި ހިނގި ހާދިސާގައި އަނިޔާވި ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ދުއާއަކީ އެ މުވައްޒަފަށް އަވަސް ޝިފާއެއް ލިބުން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

މައުޟޫޢުތަށް