އަސްމާ މުގައްރިރުކަން ކުރެއްވި އިޖުތިމާއީ ކޮމިޓީން، އޭނާ މިއަދު ވަކިކޮށްފި

ދަޕްރެސް

1 ޑިސެމްބަރު 2025 | ހޯމަ | 10:54

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، އޭނާ މުގައްރިރުކަން ކުރެއްވި އިޖުތިމާއީ ކޮމިޓީން މިއަދު ވަކިކޮށްފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ކޮމިޓީތަކަށް ބަދަލު ގެނައިކަން އިއުލާނުކުރައްވާފައެވެ.

އެގޮތުން، އަސްމާއްތަ މުގައްރިރުކަން ކުރައްވަމުން ގެންދެވި އިޖުތިމާއީ ކޮމިޓީން އޭނާ ވަނީ ވަކިކޮށްފައެވެ. އަދި، އެ ކޮމިޓީއަށް އަސްމާއްތަގެ ބަދަލުގައި ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ހަމަޖައްސާފައިވާކަން ރިޔާސަތުން ވަނީ އަންގަވާފައެވެ.މި ބަދަލު ގެނައީ ކީއްވެ ކަމެއް ރިޔާސަތުން އިއުލާންކޮށްފައި ނުވާއިރު، މިހާރު އަސްމާ އިންނަވަނީ ގެދޮރުވެރިކަމާ ގުޅޭގޮތުން މަޖިލީހުން އުފެއްދި ކޮމިޓީގައި އެކަންޏެވެ.

މައުޟޫޢުތަށް