ސްރީލަންކާއަށް އެހީވުމަށް އެސްޓިއޯ އާއި އެޗްޑީސީން ވެސް ބޮޑު އެހީއެއް ފޯރުކޮށްދީފި
ދަޕްރެސް
1 ޑިސެމްބަރު 2025 | ހޯމަ | 10:59
ސްރީލަންކާ އަށް ދިމާވެފައިވާ މޫސުމީ ކާރިސާގެ ސަބަބުން އެ ގައުމަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް އެހީތެރިވެ ދިނުމުގެ ގޮތުން، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، (އެސްޓީއޯ) އިން 250,000 ރުފިޔާގެ ފައިސާގެ އެހީއެއް ފޯރުކޮށްދީފިއެވެ.
އެސްޓީއޯއިން ހަދިޔާކުރި 250,000 ރުފިޔާގެ އެހީ ހަވާލުކޮށްފައިވަނީ ސިލޯނާއެކު ދިވެހީން ޓެލެތޯންގެ ކަވަރޭޖްގެ ތެރެއިންނެވެ. މި ފައިސާގެ އެހީއަކީ އެސްޓީއޯ ގްރޫޕުގައި ހިމެނޭ އެސްޓީއޯ، އެލައިޑް އިންޝުއަރެންސް، މޯލްޑިވް ގޭސް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ހިމެނޭގޮތަށް ދީފައިވާ އެހީއެކެވެ.
މީގެ އިތުރުން ސްރީލަންކާއަށް އެހީވުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންގެ ފަރާތުން އެއްލައްކަ ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.