އޭދަފުށްޓަށް ހިތާމައިގެ ދުވަހެއް، މުހައްމަދު އަލީ ނިޔާވިތާ 24 ގަޑިއިރު ނުވެ ކޮއްކޮ ވެސް ނިޔާވެއްޖެ

ދަޕްރެސް

1 ޑިސެމްބަރު 2025 | ހޯމަ | 12:50

އިއްޔެ ބ.އޭދަފުށްޓަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މުހައްމަދު އަލީ، އިންޑިއާގެ ޗެންނާއީގައި ނިޔާވިތާ 24 ގަޑިއިރު ނުވެ އޭނާގެ އަންހެން ކޮއްކޮ މިއަދު ނިޔާވެއްޖެއެވެ.

އިންޑިއާގެ ޗެންނާއީގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ހަވީރު، އޭދަފުށީ ޑޭޒީވިލާ، މުހައްމަދު އަލީ އުމުރުން 91 އަހަރުގައި ނިޔާވިއިރު އޭނާގެ ހަގަށް ހުންނަ އަންހެން ކޮއްކޮ އައިމިނަތު އަލީ ނިޔާވީ އުމުރުން 85 އަހަރުގައެވެ.

ސިއްހީ ހާލަތު ދަށްވެ، ކޮޗިންގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދަނިކޮށް މުހައްމަދު އަލީ ނިޔާވިއިރު، އޭނާގެ ކޮއްކޮ ނިޔާވީ ފައި ބިނދިގެން އުޅޭތާ އަށެއްކަ އަހަރަށް ފަހު، ބަލިވެ އުޅުމަށް ފަހުއެވެ. އައިމިނަތުގެ ފައި ބިންދައިގެން ދިއުމުން އޮޕަރޭޝަން ކުރި ނަމަވެސް އުމުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިވި އެކި މައްސަލަތަކާ ހެދި އެނދުމަތިވެފައި އޮންނަތާ އަހަރުތަކެއް ވަނީ ވެފައެވެ.

މައުޟޫޢުތަށް