ރާއްޖޭގައި ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ހިދުމަތް ވަގުތީ ގޮތުން ހުއްޓާލައިފި
ދަޕްރެސް
1 ޑިސެމްބަރު 2025 | ހޯމަ | 2:31
ރާއްޖޭގައި ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ހިދުމަތް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ހާއްސަކޮށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އެގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިސްލާހުކުރުމުގެ މަސައްކަތްތައް ކުރިިއަށް ދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ހިދުމަތް ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށްވެސް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.