ލަންކާއަށް އެހީވާން ސިލޯނާ އެކު ދިވެހިން ޓެލެތޯނަށް މިހާތަނަށް 11.7 މިލިއަން ރުފިޔާ ލިބިއްޖެ
ދަޕްރެސް
1 ޑިސެމްބަރު 2025 | ހޯމަ | 4:42
ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ބާރުގަދަ ތޫފާން 'ދިތުވާ" ގެ ސަބަބުން ސްރީލަންކާއަށް އެހީވުމަށް ޕީއެސްއެމް އިން ކުރިއަށް ގެންދާ "ސިލޯނާ އެކު ދިވެހިން" ޓެލެތޯނަށް 11.69 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ 38 މީޑީއާއަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯނަށް ފައިސާ ބަލައިގަތުމުގެ ވަގުތު މެންދުރު ފަހު 2:00 ހަމައަށް ވަނީ ހަމަވެފައެވެ. ވަގުތު ހަމަވި އިރު މިހާރު މާލޭގެ އެކި ސަރަހއްދުތަކުގައި ބަހައްޓާފައި ހުރި ފަންޑޫ ފޮށިތައް ވަނީ ގުނަން ފަށާފައެވެ.
އަދި ފަންޑު ފޮށީތައް ގުނާ ނުނިމުނު ކަމުގައި ވިޔަސް މި ވަގުތާ ހަމައަށް މި ޓެލެތޯނަށް ހާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ވަނީ 11،015،854.65 ރުފިޔާ ލިބިފައެވެ. އަދި ޑޮލަރު އެކައުންޓަށް ލިބުނު 43،681.31 ޑޮލަރާއެކު ޖުމްލަ 11،689،420.45 ރުފިޔާ ވަނީ ލިބިފައެވެ.