އެމްޓީސީސީން "ކަށަވަރު ޕްރޮމޯ 2025" އިފްތިތާހުކޮށްފި

ދަޕްރެސް

1 ޑިސެމްބަރު 2025 | ހޯމަ | 5:27

މޯލްޑިވްސް ޓްރާންސްޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ)އިން "ކަށަވަރު ޕްރޮމޯ 2025" އިފްތިތާހު ކޮށްފިއެވެ.

މި ޕްރޮމޯ ފައްޓަވައިދެއްވީ، ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި އެ ކުންފުނީގެ ސީއީއޯ ސިނާން އަލީ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 31 ޑިސެމްބަރު 2025ގެ ނިޔަލަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ މަގުސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުމެވެ. އެގޮތުން މިޕްރޮމޯގެ ދަށުން ޑިސްކައުންޓް ލިބޭނެ ޕްރޮޑަކްޓްތަކަކީ ސުޒުކީ އަދި ޔަންމާ އިންޖީނާއ،ި ޕީޕީޖ،ީ ކާސްޓްރޯލް، އިންޑަސްޓްރިއަލްގޭސް، ސްޕެއާ ޕާޓްސް މެރޯލް ސްޓީއަރިންގ ސިސްޓަމް އަދި ނަކަޝީމާ ޕްރޮޕެލާ އެވެ.

މައުޟޫޢުތަށް