ކޯސްޓްގާޑު ޝިޕް ހުރަވީ ލަންކާގައި، މޫސުމީ ކާރިސާގައި އެހީވާން ތައްޔާރުކަމަށް އެމްއެންޑީއެފްއިން ބުނެފި

ދަޕްރެސް

1 ޑިސެމްބަރު 2025 | ހޯމަ | 6:22

ލަންކާއަށް ދިމާވެފައިވާ މޫސުމީ ކާރިސާގައި އެހީވުމަށް ރާއްޖޭގެ ކޯސްޓްގާޑުގެ ޝިޕް ހުރަވީ ތައްޔާރަށް އޮތް ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ޝިފް ހުރަވީ ލަންކާއަށް ދިޔައީ އެ ގައުމުގެ ނޭވީއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސްރީލަންކާގައި ބޭއްވި އިންޓަނޭޝަނަލް ފްލީޓް ރިވިއު (އައިއެފްއާރް2025)ގައި ވެސް ބައިވެރިވުމަށެވެ.

މިއީ އަސްކަރީ ހަރަކާތެއްގައި ބައިވެރިވުމުގެ ދައުވަތު ލިބިގެން ރާއްޖެއިން އެހެން ގައުމަކަށް އެމްއެންޑީއެފް ގެ އުޅަނދެއް ކުރި ފުރަތަމަ ދަތުރެވެ. 2016 ވަނަ އަހަރު ބޭއްވި ފްލީޓް ރިވިއުގައި ވެސް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ބައިވެރިވެފައި ވެއެވެ. އެހެންނަމަވެސް އިންޑިއާ ގައި ބޭއްވި ފްލީޓް ރިވިއުގައި ޝިޕް ހުރަވީ ބައިވެރިވެފައިވަނީ ރިފިޓްކުރުމަށް އިންޑިއާއަށް ކުރި ދަތުރުގެ ތެރެއިންނެވެ.

މައުޟޫޢުތަށް