ރާއްޖޭގައި އަހަރެއް ތެރޭ އިތުރު 5 މީހަކަށް އެއިޑްސް ބަލި ޖެހި 36 މީހަކު ފަރުވާ ހޯދަނީ
ދަޕްރެސް
1 ޑިސެމްބަރު 2025 | ހޯމަ | 6:34
ރާއްޖޭގައި 36 މީހަކު އެކުއައިޑް އިމިއުނޯޑެފިޝެންސީ ސިންޑްރޯމް (އެއިޑްސް) ބައްޔަށް ފރުވާ ހޯދަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެއިޑްސްއަކީ ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް (އެޗްއައިވީ) ވައިރަސްގެ ޒަރިއްޔާއިންޖެހޭ ބައްޔެއް ކަމަށާއި ރާއްޖޭއިން އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައި ވަނީ 1991 ވަނަ އަހަރުގައި ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 53 އަށް އަރާފައި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 8 އަންހެންނާއި 45 ފިރިހެނުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިދިޔަ އަހަރުގެ އޮކްޓާބަރު މަހުގެ ނިޔަލަށް އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބަށް ވުރެ މިއހަރު މިވަނީ 5 މީހުން އިތުރުވެފައެވެ. އެ މުއްދަތުގައި ރާއްޖޭގައި މި ބަލި ޖެހުނު މީޙުންގެ އަދަދަކީ 49 އެކެވެ. އެއީ 7 އަންހެނުންނާއި 43 ފިރިހެނުންނެވެ.