އެސްޓީއޯއިން ބާޒާރުމަތީގައި އާ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި

ދަޕްރެސް

1 ޑިސެމްބަރު 2025 | ހޯމަ | 8:48

'އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓާ 2' ގެ ނަމުގައި ބާޒާރު މަތީގައި އާ ފިހާރައެއް ހުޅުވައިިފިއެވެ.

އެސްޓީއޯއިން ދަނީ ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރި 23 ބާވަތް، 15 އޮކްޓޯބަރުން ފެށިގެން ބާޒާރަށް ނެރެ ވިއްކަމުންނެވެ.

މި އޮޕަރޭޝަން އިތުރަށް ފުޅާ ކުރުމުގެ ގޮތުން 'އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރ 2' ގެ ނަމުގައި ބާޒާރު މަތީ އާ ފިހާރަ ހުޅުވާފައި ވަނީ ކުރީގެ އެސްޓިއޯ ހޯމް އިމްޕްރޫވްމަންޓް (މަލޭ ނޯތު ހާބަރު ގޭޓް ސަރަހައްދު) ގައެވެ.

މައުޟޫޢުތަށް