އެފްއޭއެމް ވިމެންސް ލީގްގެ ފުރަތަމަ މެޗު މެޑަމް ސާޖިދާ ޝަރަފުވެރިކޮށް ދެއްވައިފި
ދަޕްރެސް
1 ޑިސެމްބަރު 2025 | ހޯމަ | 10:22
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އެފްއޭއެމް ވިމެންސް ލީގް 2025 ގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށް ދެއްވައިފިއެވެ.
އެފްއޭއެމްގެ ވިމެންްސް ލީގް 2025 ކުރިއަށް ގެންގިސްފައި ވަނީ މިއަދު ހަވީރު، ހެންވޭރު ފުޓުބޯޅަ ދަނޑުގައެވެ. އެ ގޮތުން މިއަދު ކުޅުނު މެޗުގައި ބައްދަލުކޮށްފައި ވަނީ، ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ.
މިއަދު ކުޅުނު މެޗު 6-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.