ފުރަން ގޮސް އެއާޕޯޓުގައި ހުއްޓާ ސަނީ އުމަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ދަޕްރެސް

1 ޑިސެމްބަރު 2025 | ހޯމަ | 10:46

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގެ ވެރިޔާ ހުސައިން ސަނީ އުމަރު ފުލުހަށް ހާޒިރުކޮށް، ސުވާލުކުރި ފަހުން ފުރަން އުޅެނިކޮށް މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާއިރު އޭނާ ބޭރު ގައުމެއްގައި އުޅުމަށްފަހު މިއަދު އެނބުރި ރާއްޖެއައުމުން ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ނަމަވެސް އޭގެ ފަހުން ފުލުހުން މިރޭ ބުނީ، ސަނީ އުމަރު އެއާޕޯޓުގައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެކަމަކު އޭނާ ފުރަން ގޮސް ހުރީ ކޮން ގައުމަކަށް ކަމެއް ސާފެއް ނޫނެވެ.

މައުޟޫޢުތަށް