ބްރިޖުގައި ނުރައްކާތެރި އެކސިޑެންޓެއް، އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްދިނީ އިހުސާންގެ ކާރުގައި
ދަޕްރެސް
1 ޑިސެމްބަރު 2025 | ހޯމަ | 11:46
ސިނަމާލެ ބްރިޖުގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، މާލެ އިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހި އެކްސިޑެންޓު ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 18:35 ހާއިރު ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެ ސައިކަލްގައި ތިބި ދެ ފިރިހެނުންކަން ފާހަގަކޮށް ފުލުހުން ބުނީ އެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.
މިއެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ. އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އިހުސާންގެ ކާރުގައި ކަމަށްވާއިރު ސޯޝަލް މީޑިއާގައި ދަރުވަމުންދާ ވީޑިއޯތަކުން ވެސް އެ މީހުންނަށް މިނިސްޓަރު އެހީވާ މަންޒަރު ފެނެއެވެ.