އެފްއޭއެމް އަންހެން ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް 100،000 ރުފިޔާގެ އެހީތެރިކަމެއް ދެނީ

ދަޕްރެސް

2 ޑިސެމްބަރު 2025 | އަންގާރަ | 9:30

އެފްއޭއެމުން އިއްޔެ ފެށި އަންހެން ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް 100،000 ރުފިޔާ ގެ ފައިސާގެ އެހީތެރިކަމެއް ދިނުމަށް ނިންމައިފިއެވެ.

ފީފާގެ އެހީތެރިކަމާއެކު ފޯރުކޮށްދޭ މި އެހީ މި އަހަރު 6 ޓީމަކަށް ލިބިގެން ދާނެއެވެ. ފީފާގެ ޕެކޭޖް މެދުވެރިކޮށް ޖުމުލަ 600،000 ރުފިޔާ ގެ ޕެކޭޖެއް ދިނުމަށް ހަމަޖެހިފައިވާއިރު އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގްގެ ދައުވަތަކަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ދަތުރުގައިވަނީ، ރާއްޖޭގެ ފުޓްބޯޅައަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

10 އަހަރަށް ފަހު އިއްޔެ ފެށި އެފްއޭއެމް އަންހެން ލީގު ކުރިއަށް ދާނީ ޑިސެންބަރު 23 ގެ ނިޔަލަށެވެ. މި މުބާރާތް ކުރިޔަށްދާނީ ފީފާގެ ރިކޮމެންޑޭޝަނާއި އެއްގޮތަށް ލީގު އުސޫލުންކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް