މޫސުމީ ކާރިސާތަކުގައި ހަފްތާއެއްގެ ތެރޭގައި އޭޝިއާއިން 1000 މަރު!

ދަޕްރެސް

2 ޑިސެމްބަރު 2025 | އަންގާރަ | 10:12

ފާއިތުވި ހަފްތާއާއި ހިނގަމުން މިދާ ހަފްތާގެ ތެރޭގައި އޭޝިއާއަށް ކުރަމުން ދާ މޫސުމީ ވިއްސާރައާއި ތޫފާނުތަކުގައި މަރުވި މީހުންގެ އަދަދު 1140 އަށް އަރައިފިއެވެ.

ހަފްތާއެއްގެ ތެރޭގައި މިހާ ގިނަ ބަޔަކު މަރުވެގެން ދިޔަ އިރު މިއީ މޫސުމީ ބަދަލުތަކާއި ކާރިސާތަކުގެ ނުރައްކާ އިތުރަށް ބޮޑުވެއްޖެ ކަމުގެ ރަނގަބީލެއް ކަމަށް މާހިރުން ބުނެއެވެ. އަދި މިއީ މޫސުމީ ބަދަލުތަކަށް ނޭދެވޭ އަސަރު ކުރާ މާއްދާތަކާ މުޅިން ދުރަށް ދާންވީ ކަމުގެ އިންޒާރެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ހިސާބުތަކުން ދައްކާގޮތުން ޖައްވު ނުސާވު ކުރުވާ ވިހަ މާއްދާތައް އެންމެ ގިނައިން ބޭރު ކުރަނީ ދުނިޔޭގެ ތަރައްގީވެފައި ވާ ބޮޑެތި ގައުމުތަކުންނެވެ. ޖައްވު ނުސާވުމުގެ ނަތީޖާއަކީ މޫސުމީ ނޭދެވޭ ބަދަލުތަކާ ކުރިމަތިލާން ޖެހުމެވެ.

މައުޟޫޢުތަށް