ރާއްޖޭގައި އިންވެސްޓުކުރުމުގެ މަޝްވަރާތަކަށް، ސައުދީ ބޮޑެތި ވިޔަފާރިވެރިންގެ ވަފުދެއް ރާއްޖެއަށް!
ދަޕްރެސް
2 ޑިސެމްބަރު 2025 | އަންގާރަ | 11:51
ރާއްޖޭގައި އިންވެސްޓުކުރުމުގެ މަޝްވަރާތަކަށް ސައުދީ އަރަބިއްޔާގެ ބޮޑެތި ވިޔަފާރިތައް ހިމެނޭ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.
ސައުދީގެ އިންވެސްޓްމަންޓްސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ޑެޕިއުޓީ މިނިސްޓަރު، ސާރާ އަލް ސައީދު އިސްކޮށް ހުންނެވި މި ވަފުދުގައި ސައުދީގެ ބޮޑެތި ވިޔަފާރިތައް ތަމްސީލުކުރައްވާ މަންދޫބުން ހިމެނިވަޑައިގަންނަވައެވެ. އަދި އެ ގައުމުގެ ސަރުކާރުގެ ބައެއް އިސްވެރިން ވެސް ހިމެނިވަޑައިގަންނަވާކަމަށް މައުލޫމާތުވަނީ ލިބިފައެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުނީ، މި ދަތުރަކީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރެއްކަމަށެވެ. އަދި މި ވަފުދުން ދެ ގައުމު ދެމެދުގައި އިންވެސްޓްމަންޓުތައް ފުޅާކުރުމާ މެދު ދިވެހި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްބަސީން ވަނީ ބުނެފައެވެ.