ނިދާ ކޮޓަރީގައި ކުރުނބާ ފަނި ތައްޔާރުކުރާ ބަޔަކު ހައްޔަރުކޮށްފި
ދަޕްރެސް
2 ޑިސެމްބަރު 2025 | އަންގާރަ | 12:11
ނިދާ ކޮޓަރީގައި ކުރުނބާ ފަނި ތައްޔާރުކޮށް ވިއްކާ ބަޔަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 2 ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ބިދޭސީން ދިރިއުޅެމުންދާ ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މިތަން ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ކުރުނބަލުގެ އިތުރުން ހުސްފުޅިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.