ފުވައްމުލަކު ސިޓީގެ މިދިޔަ މަހުގެ ފެނަށް ބިލު ނުކުރަން ފެނަކައިން ނިންމައިފި

ދަޕްރެސް

2 ޑިސެމްބަރު 2025 | އަންގާރަ | 3:31

ފުވައްމުލަކު ސިޓީއަށް ފެން ފޯރުކޮށްދިނުމުގައި ދިމާވި ދަތިތަކާއި ގުޅިގެން މިދިޔަ މަހުގެ ސަޕްލައި ފެނަށް ބިލު ނުކުރަން ނިންމާފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުލަކު ސިޓީގައި ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް، ރަނގަޅު ފެންވަރެއްގައި ފެނުގެ ހިދުމަތް އަލުން ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި ފުވައްމުލަކުގެ ފެނުގެ ނެޓްވޯކްގެ މަސައްކަތްތަކެއް ކުރަމުންދިޔައިރު، އެކި ވަގުތުތަކުގައި ފެން ކެނޑުމާއި ފެނުގެ ޕްރެޝަރު ދަށްވުންފަފަ ކަންކަންކަން މެދުވެރިވެފައިވާކަން ފެނަކައިން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ފެނަކައިން ބުނެއެވެ.

މައުޟޫޢުތަށް