ހާއްސަ އެހީއަށް ބޭނުންވާ 30 ފަރާތަކަށް އެޗްޑީސީން ވަޒީފާ ދީފި

ދަޕްރެސް

2 ޑިސެމްބަރު 2025 | އަންގާރަ | 4:41

ހާއްސަ އެހީއަށް ބޭނުންވާ 30 ފަރާތަކަށް ހައުސިންގް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވަޒީފާ ދީފިއެވެ.

މިކަމަށްޓަކައި މިއަދު ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު އެ ފަރާތްތަކަށް ވަޒީފާ ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.

ހާއްސަ އެހީއަށް ބޭނުންވާ 25 ފަރާތަކަށް މިއަދު ލިޔުން ހަވާލުކޮށްފައިވާއިރު ޖަލްސާއަށް ނާދެވުނު 5 ފަރާތަކަށް ފަހުން ލިޔުން ހަވާލު ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މައުޟޫޢުތަށް