ރަޝިއާ ސުލްހަ ކުރަން އެމެރިކާއިން ކުރި މަޝްވަރާއިން ކުރިއެރުމެއް ނުލިބުނު
ދަޕްރެސް
3 ޑިސެމްބަރު 2025 | ބުދަ | 9:25
ޔޫކްރައިން ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިސްވެ ފައްޓަވާފައި ވާ މަޝްވަރާތަކުގައި އިއްޔެ ރަޝިއާއަށް ފޮނުއްވި މަންދޫބުން ހުސް އަތާ ނިކުންނަވައިފިއެވެ.
ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް އާއި ދަނބި ދަރި ޖެރާޑް ކުޝްނާ، ރަޝިއާގެ ކްރެމްލިން އަށް ވަޑައިގެން އިއްޔެ ވަނީ 5 ގަޑިއިރުގެ ދިގު މަޝްވަރާތަކެއް ކުރައްވާފައެވެ.
މި މަޝްވަރާތަކާ ގުޅޭ ގޮތުން ކްރެމްލިން އިން ބުނީ، ކުރިއެރުންތަކެއް ލިބުނު ނަމަވެސް އެމެރިކާއިން ހުށަހެޅި ޕްލޭންގައި ހިމެނޭ ބައެއް ކަންކަން ބަލައި ނުގަނެވޭނެ ކަމަށެވެ.