ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފުވި މައްސަލައިގައި ގާޒީ ފާއިޒު މަގާމުން ވަކިކުރަން ފާސްކޮށްފި
ދަޕްރެސް
3 ޑިސެމްބަރު 2025 | ބުދަ | 11:08
މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ މީހަކު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު އަމަލު ކޮށްފައިވާކާން ސާބިތުވި މައްސަލައިގައި އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމަން ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީން ވަނީ އޭނާ ވަކިކުރަން ނިންމާފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅައިފައެވެ.
އެހެންކަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާޒީ ފާއިޒު ވަކިކުރަން ހުށަހެޅުމުން، އޭނާ ވަކިކުރަން ފެންނަކަމަށް 56 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އޭނާ ވަކިކުރަން ނުފެންނަ ވޯޓު ދެއްވީ 8 މެންބަރެކެވެ.