1 ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028 އަށް ފަސްކޮށްފި

ދަޕްރެސް

3 ޑިސެމްބަރު 2025 | ބުދަ | 11:14

1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން މަނާ ކުރާ ތާރީހު 2028 ވަނަ އަހަރަށް ފަސްކޮށްފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ ލަފާގެ މަތިން ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ގަރާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްލާހު ގެންނެވީ އިއްޔެއެވެ.

މި އިސްލާހާއެކު 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރަން ފެށުން ޑިސެންބަރު 1، 2027 އަށް ވަނީ ފަސްކޮށްފައެވެ. މި އިސްލާހުގެ ކުރިން ޕްލާސްޓިކް ކުދި ފުޅި މަނާކުރަން ފެށުމަށް ކަނޑައަޅުއްވާފައިވަނީ ޑިސެންބަރު 1، 2025 ގައެވެ.

މައުޟޫޢުތަށް