ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ފާސްކޮށްފި
ދަޕްރެސް
3 ޑިސެމްބަރު 2025 | ބުދަ | 11:25
ސްޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމްކޮށްފިނަމަ، ޑްރަގު އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު މަޖިލީހަށް ހުށަހެޅުއްވި ބިލުގައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނާ، އެތަކެތީގެ ވިޔަފާރި ކުރާ މީހުންނާ، ނުހައްގުން މުއްސަނދިވެފައިވާ މީހުންނަށް ހަރުކަށި އަދަބުތައް ދިނުމަށް ހުށަހަޅާފައެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިސްލާހުތަކެއް ގެނެސްފައިވާއިރު ވމަސްތުވާތަކެތީގެ ގާނޫނު އިސްލާހުކުރުމަށް ފާސްކޮށްފައިވަނީ، 65 މެންބަރުންގެ އިއްތިފާގުންނެވެ. މިކަމާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ދެއްވާފައެއް ނުވެއެވެ.