ޕުޓިން މާދަމާ އިންޑިއާ އަށް ވަޑައިގަންނަވަނީ
ދަޕްރެސް
3 ޑިސެމްބަރު 2025 | ބުދަ | 11:41
ދެދުވަހުގެ ދަތުރުފުޅެއްގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން މާދަމާ އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓު ކޮށްފިއެވެ.
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރެއް މިހާރުވެސް އޮންނަ ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވާތީ، ސަލާމަތީ ހިދުމްތަތަކާ ބެހޭ ހުރިހާ އިދާރާއަކުން ވަނީ ސަލާމަތީ ކަންކަން އެންމެ މަތީ ދަރަޖައަށް ޖައްސާފައެވެ. ނުވަތަ 'ހައި އެލާޓް ލެވެލް' ގައި އިންތިޒާމުތައް ހަމަޖައްސަން ފަށާފައެވެ.
މާދަމާއިން ފެށިގެން 2 ދުވަހުގެ މުއްދަތަށް ޕުޓިން ކުރައްވާ ދަތުރުފުޅުގެ ޝެޑިއުލެއް، ހުންނަވާ ތަނެއް އަދި މަޝްވަރާގެ އެޖެންޑާތައް ވެސް އިންޑިއާއިން ވަނީ ސިއްރު ކޮށްފައެވެ.