ރާއްޖެ އާއި ސައުދީ އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި

ދަޕްރެސް

3 ޑިސެމްބަރު 2025 | ބުދަ | 2:43

ސައުދީ އަރަބިއްޔާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.

2 ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވީ ސައުދީ އަރަބިއްޔާގެ އިންޓަނޭޝަނަލް ރިލޭޝަންސްގެ ޑެޕިއުޓީ މެނޭޖަރު ސާރާ އަލް ސައީދާއި އެކަމަނާގެ އަރިހުގައި ވަޑައިގެންނެވި ސައުދީ އަރަބިއްޔާގެ ވިޔަފާރި ވަފުދު މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި 2 ގައުމުގެ ގުޅުންތައް އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާކުރެއްވިއެވެ. އެގޮތުން މަޝްވަރާ ކުރެއްވި ދާއިރާތަކުގެ ތެރޭގައި އިންވެސްޓްމަންޓް، އިގްތިސޯދީ ތަރައްގީ، އަމިއްލަ ވިޔަފާރިތައް ތަރައްގީކުރުން، ދަނޑުވެރިކަން، މަސްވެރިކަން، އާޓިފިޝަލް އިންޓެލިޖެންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ.

މައުޟޫޢުތަށް