ލ. ގަމު އިންޖީނުގޭގައި ރޯވެ އަނދަނީ
ދަޕްރެސް
3 ޑިސެމްބަރު 2025 | ބުދަ | 3:45
ލ.ގަން އިންޖީނުގޭގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ، ލ.ގަން އިންޖީނުގޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، އިންޖީނުގޭގެ ބޮޑު ބައެއްގައި އަލިފާން ހިފާފައިވާއިރު އަލިފާން ނިއްވުމުގެ މަސައްކަތް ކުރުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން އާންމު ރައްޔިތުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.