މާލެ ސިޓީ ކައުންސިލްގެ އެގްރީމެންޓުތަކެއް ވީދާލީ އޮޅުވާލައިގެން ބިން ހަވާލުކުރާތީ: ނަހުލާ

ދަޕްރެސް

3 ޑިސެމްބަރު 2025 | ބުދަ | 5:01

މާލެ ސިޓީ ކައުންސިލްގެ އެގްރީމެންޓުތަކެއް ވީދާލީ އޮޅުވާލައިގެން ބިން ހަވާލުކުރާތީ ކަމަށް ވިދާޅުވެ ކައުންސިލަރު ނަހުލާ ވާހަކަތައް ދިފާއު ކުރައްވައިފިއެވެ.

މިއަދު އޮތް މާލެ ސިޓީ ކައުންސިލްގެ ޖަލްސާގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލޭގެ ބިންތަކަކާ ބެހޭ ކޮންޓްރެކްޓެއް ނަހުލާ ވީދާލާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އެބައޮތް ކަމަށެވެ. އަދި ވީދާލާފައި ވަނީ އެ ކައުންސިލުން މި ފަހުން އާންމުކުރި ބިމުގެ ދަފުތަރުގައި ނުހިމެނި އޮތް ކޮންޓްރެކްޓެއް ކަމަށް ވެސް އާޒިމް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކައުންސިލްގެ އެއްވެސް މެންބަރަކަށް އެއްވެސް ސަބަބަކާ ގުޅިގެން ރަސްމީ ލިޔެކިޔުމެއް ވީދުމުގެ ހުއްދައެއް ނޯންނާނެކަން ފާހަގަ ކުރައްވާ އާޒިމް އިތުރަށް ވިދާޅުވީ، ކައުންސިލްގެ ރަސްމީ ލިޔެކިޔުމެއް ވީދާލުމަކީ ޖިނާއީ ކުށެއް ކަމަށެވެ.

މައުޟޫޢުތަށް