އުރީދޫގެ އޭއައި ޗެޓްބޮޓު މެދުވެރިކޮށް ކުއްޅަވަށްފަލު ރަނިން އާ ވާހަކަ ދެއްކުމުގެ ފުރުސަތު

ދަޕްރެސް

4 ޑިސެމްބަރު 2025 | ބުރާސްފަތި | 6:47

އުރީދޫ ގެ އޭއައި ޗެޓްބޮޓު މެދުވެރިކޮށް ކުއްޅަވަށްފަލު ރަނިން އާ ވާހަކަދެއްކުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ކަލަންޑަރުގެ ބިނާ ކުރެވިފައިވަނީ ދިވެހި ފޯކްލޯ ވާހަކަ ތަކުގެ އެކި ޝަހްސިއްޔަތުތަކަށެވެ. އެގޮތުން މި ޑިސެމްބަރު މަހު އުރީދޫ މޯލްޑިވްސްގެ ކަލަންޑަރު އަދި އޭއައި ޗެޓްބޮޓުން ބައްދަލުކުރާނީ ކުއްޅަވަށްފަލު ރަނިންނެވެ.

ކުއްޅަވަށްފަލު ރަނިންނަކީ ކުއްޅަވަށް ފަލެއްގައި އުޅެ ބޮޑުވި ރީތި އަންހެންކުއްޖެކެވެ. ރަސްމީ ދަތުރުފުޅެއްގައި ރަސްގެފާނަށް މިކުއްޖާ ފެނި ކަމުގޮސްގެން ކައިވެނިބައްލަވައިގެން އެކުއްޖާ ގެންދިޔައެވެ. ގަނޑުވަރުގައި ދިރިއުޅެން ފަށައި ދުވަސްތައް ވޭތިވަމުން ދިޔައިރު މި ކަމަނާއަށް އޭނާގެ އަސްލު، އަދި ފެށުން އޮޅުނެވެ. އަދި ކުއްޅަވަށް އެއީ ކޯޗެއްކަންވެސް ހަނދާންނެތި ދިޔައެވެ. މިކަމާ ރަސްގެފާނު ނުރުހުންވެ، އެކަމަނާގެ ބޮޑާކަން ފެނި އަނބުރާ ކުއްޅަވަށް ފަލަށް ފޮނުވާލިއެވެ. އަދި އޭނާއަށް އެތަނުގައި ކުއްޅަވަށްފަލު ރަނިން ކިޔުނެވެ.

މައުޟޫޢުތަށް