ހުޅުމާލޭގައި ހަފްލާ ބާއްވަން ތަންތަން ކުއްޔަށް ދިނުމުގައި އަމަަލު ކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފި
ދަޕްރެސް
4 ޑިސެމްބަރު 2025 | ބުރާސްފަތި | 10:06
އެކިއެކި ހަފްލާ ނުވަތަ ހަރަކާތްތަކަށް ބޭނުން ކުރުމަށް ހުޅުމާލޭގެ ސަރަހައްދުތައް ދޫކުރާ އުސޫލަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން ބުނީ،އެކިއެކި ހަފްލާ ނުވަތަ ހަރަކާތްތަކަށް ބޭނުން ކުރުމަށް ހުޅުމާލޭގެ ސަރަހައްދުތައް ދޫކުރާ އުސޫލު މުރާޖައާކޮށް ބަދަލު ގެނެސްފައިވާ ކަަމަށެވެ. އެގޮތުން ސަރަހއްދުތައް ކަނޑައަޅާފައިވާ ކުލި މުރާޖައާކޮށް ޖަދުވަލު 3 ބަދަލު ގެނެސްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
އެގޮތުން އެ ލިސްޓްގައިވާ ތަންތަނަށް ބަލާއިރު މުޅި ސެންޓްރަލް ޕާކް، 287،712 އަކަފޫޓްގެ ސަރަހައްދު ކުއްޔަށް ދޫކުރާ އަގަކީ ގަޑި އިރަކަށް 17،263 ރުފިޔާއަށެވެ. ސެންޓަރަލަ ޕާކް މަގު އޭ، 16،202 އަކަފޫޓްގެ ސަރަހައްދު ކުއްޔަށް ދޫކުރާ އަގަކީ ގަޑި އިރަކަށް 972 ރުފިޔާއަށް ކަމަށްވާއިރު، ސެންޓަރަލަ ޕާކް މަގު ބީ، 19،877 އަކަފޫޓްގެ ސަރަހައްދު ކުއްޔަށް ދޫކުރާ އަގަކީ ގަޑި އިރަކަށް 1193 ރުފިޔާއަށެވެ.