އެމްއޭސީއެލުން ހުރަވީ ސްކޫލްގައި ގާއިމްކުރި ހުނަރު ވެހީގެ ދަސްވެނިނުން ބާއްވައިފި
ދަޕްރެސް
4 ޑިސެމްބަރު 2025 | ބުރާސްފަތި | 11:22
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެހީގައި ހުޅުމާލެ، ހުރަވީ ސްކޫލުގައި ގާއިމުކުރި ވޮކޭޝަނަލް ހަބް "ހުނަރު ވެހި" އިން ހިންގި ފުރަތަމަ ދެ ކޯހުގެ ދަސްވެނިވުން ބާއްވައިފިއެވެ.
ހުރަވީ ސްކޫލުގައި އިއްޔެ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމްއޭސީއެލްގެ ބޯޑު މެންބަރު އަދި ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު މިހާދުއެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި "ހުނަރު ވެހި" އިން ހިންގި ފުރަތަމަ ދެ ކޯސް ކަމަށްވާ ނެޝަނަލް ސެޓްފިކެޓް ލެވެލް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނެންސް އަދި ނެޝަނަލް ސެޓްފިކެޓް ލެވެލް 3 އިން ފެޝަން ޑިޒައިން އެންޑް ޓެއިލަރިންގެ ތިން ބެޗަކުން 42 ދަރިވަރަކު ދަސްވެނިވެފައި ވެއެވެ.