އޮޕަރޭޝަން އަލިމަގު: މަސްތުވާތަކެތީގެ ނެޓްވޯކެއްގެ އިސް ބަޔަކު އައްޑޫއިން ހައްޔަރުކޮށްފި
ދަޕްރެސް
4 ޑިސެމްބަރު 2025 | ބުރާސްފަތި | 12:36
އައްޑޫގައި ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައިސްފައިވާ ނެޓްވޯކެއްގެ އިސްފަރާތްތަކެއް ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ އިންވެސްޓިގޭޝަނެއް މި އަހަރު މާޗް މަހުން ފެށިގެން ކުރިއަށްގެންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.