ޑްރަގްގެ ވިޔަފާރިކުރާ މީހުންނަށް ރަހުމެއް ނެތް، އޮތީ ހަރުކަށި ގާނޫނީ ފިޔަވަޅު: އިހްސާން
ދަޕްރެސް
4 ޑިސެމްބަރު 2025 | ބުރާސްފަތި | 1:25
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އެއްވެސް ރަހުމެއް ނެތް ކަމަށާއި އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަން "އޮޕަރޭޝަން އަލިމަގު"ގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ވަކިން ޓާގެޓްކުރެވިގެންދާނެ ކަމަށެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އެކަން ހުއްޓާލުމަށް "ތަކުރާރުކޮށް އިންޒާރުދީ ނަސޭހަތްތެރިވާ" ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.