ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގެ އިސްލާހާއި އަގަށް ގެނައި ބަދަލު އާންމުކޮށްފި
ދަޕްރެސް
4 ޑިސެމްބަރު 2025 | ބުރާސްފަތި | 3:36
ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި އަގަށް އައި ބަދަލުތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އާންމުކޮށްފިއެވެ.
އެޗްޑީސީއިން ބުނީ ސަރުކާރުން ހިޔާ ފުލެޓުތަކުގެ ކުއްޔަށް ގެނެސްފައިވާ ލުއިތަކާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް، ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފުލެޓުތަކުގެ އަގަށް އައިސްފައިވާ ބަދަލު މިހާރު "މައި ހުޅުމާލެ ޕޯޓަލް" އިން ފެންނާނެ ކަމަށެވެ.
މިއީ ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކަށް ސަރުކާރުން ދިން ލުއިތައް ރަސްމީކުރުމަށް ކުރެވުނު މަސައްކަތެއް ކަމާއި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.