ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ލަންކާގައި އުޅޭ ދިވެހިން ހިންގާ ހާއްސަ ޑޮނޭޝަނަށް ބޮޑު ތަރުހީބެއް!
ދަޕްރެސް
4 ޑިސެމްބަރު 2025 | ބުރާސްފަތި | 5:33
ސްރީލަންކާއަށް ކުރިމަތިވި ބާރުގަދަ ތޫފާން 'ދިތުވާ" ގެ ސަބަބުން ސްރީލަންކާގެ ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ލަންކާގައި އުޅޭ ދިވެހިން ހިންގާ ހާއްސަ ޑޮނޭޝަން މިރޭ 20:00 އާ ހަމައަށް ކުރިއަށް ދާނެކަމަށް މި ހަރަކާތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހާމަކޮށްފިއެވެ.
ސްރީލަންކާއަށް އެހީވުމަށް ހިންގާ ހާއްސަ ޑޮނޭޝަން މިއަދު 10:00 އިން ފެށިގެން 20:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސޯސަން ވިލާގައެވެ.
ތޫފާން ދީތުވާގައި ލަންކާއަށް ކުރި ބޯ ވިއްސާރާގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި ގިނަ ބަޔަކު ހާލުގައި ޖެހިފައިވާއިރު، ދިވެހިން އިސްނަގައިގެން ދެ ދުވަހަށް ކުރިއަށް ގެންދާ އެ ހަރަކާތަަށް މިހާތަނަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ރާއްޖޭގެ ހައިކޮމިޝަނުގެ މުވައްޒަފު، ހަލީމަތު ޝިޒްނާ ވަނީ ވިދާޅުވެފައެވެ.