ރާއްޖެއިން ހަދިޔާކުރި 25،000 މަސްދަޅު ކޭސް ލަންކާއާ ރަސްމީކޮށް ހަވާލުކޮށްފި

ދަޕްރެސް

5 ޑިސެމްބަރު 2025 | ހުކުރު | 5:11

ސްރީ ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ފޮނުވި 25،000 މަސްދަޅު ކޭސް (1.2 މިލިއަން މަސްދަޅު) އެ ގައުމުގެ ސަރުކާރާ ހަވާލުކޮށްފިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ގަލެނާ ކާގޯ ބޯޓުގައި، 14 ކޮންޓެއިނަރު މަސް ލަންކާއަށް ހިފައިގެން ފުރި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓު ލަންކާގައި ބަނދަރުކޮށްފައިވަނީ މިއަދު ހެނދުނުއެވެ.

ރާއްޖޭގެ ފަރާތުން މިތަކެތި ލަންކާއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ. އަދި ލަންކާގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓާ (ޑީއެމްސީ)ގެ ޑިރެކްޓަރު އޮފް އޮޕަރޭޝަންސް ބްރިގޭޑިއާ ރޯޝަން ދަރްމާވަކްރަމާއެވެ.

މައުޟޫޢުތަށް