އާ ޓާމިނަލުން ހިދުމަތްދޭން ފެށި ޔޫއޭއީގެ ތިންވަނަ އެއާލައިނަކަށް އިއްތިހާދު!

ދަޕްރެސް

5 ޑިސެމްބަރު 2025 | ހުކުރު | 5:29

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، (ވީއައިއޭ)ގެ އާ ޓާމިނަލުން ޔުނައިޓެޑް އަރަބް އެމިރޭޓްސް، (ޔޫއޭއީ)ގެ އިއްތިހާދު އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.

ވީއައިއޭގެ އާ ޓާމިނަލުން އިއްތިހާދު އެއާވޭސް އަށް ހިދުމަތްދޭން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. މި ރަސްމިއްޔާތުގައި އިއްތިހާދު އެއާވޭސްގެ އޭރިއާ މެނޭޖަރު ސެންޓްރަލް، ރެހާން މުހައްމަދު ފާއިޒުގެ އިތުރުން އެއާޕޯޓުގެ މެނޭޖަރު މުނާޒް އަލީގެ އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.

މިއަދު އިއްތިހާދު އެއާވޭސްގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 305 ފަސިންޖަރުންނަށް ހަދިޔާ ދީފައިވާއިރު ޓާމިނަލަށް ކައިރިކުރި އިއްތިހާދު އެއާވޭސްގެ ފުރަތަމަ ފްލައިޓުން އައި 180 ފަސިންޖަރުންނަށް ވަނީ ސަގާދީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

މައުޟޫޢުތަށް