އާ އުސޫލާ އެކު ގްރޭޑް 9 އިން މަތީގެ ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭ!

ދަޕްރެސް

5 ޑިސެމްބަރު 2025 | ހުކުރު | 5:31

ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމަށް 2027 އިން ފެށިގެން ގެންނަން ބަދަލާ އެކު، ފިރިހެން ކުދިންނަށް ތުނބުޅި ބެހެއްޓޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން އުސޫލު ހަދައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ވަނީ ޔުނީފޯމުތައް ހުންނާނެ ގޮތުގެ ކުރެހުމާ، ދަރިވަރުން ތިބެން ޖެހޭނެ ގޮތް ސްކޫލުތަކަށް އަންގާފައެވެ، އާ އުސޫލުގައިވާ ގޮތުން ކީ ސްޓޭޖް 4 އަދި 5 (ގްރޭޑް 9، 10، 11 އަދި 12 ގެ ދަރިވަރުން) ތުބުޅި މަތިމަސް ބެހެއްޓުމަށް ވަނީ ހުއްދަދީފައެވެ. އެހެންނަމަވެސް ތުބުޅި މަތިމަސް ބެހެއްޓޭނީ އެއްވަރަށް ކުރުކޮށް ކޮށާފައި ކަމަށް އެޑިއުކޭޝަނުގެ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ކުރިންވެސް އަމަލުކުރަމުން އައި އުސޫލާ އެއްގޮތަށް ފިރިހެން ދަރިވަރުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ކުރުކޮށް ކޮށާފައިކަމަށާއި ބޮލުގައި ކުލަޖައްސައި ހައިލައިޓުކުރުމާ، ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޓެޓޫ ޖެހުމަކީ މަނާކަމެއްކަމަށް ވަނީ ބުނެފައެވެ.

މައުޟޫޢުތަށް