ހިޔާވެހި ފައިންނޭންސިންގް ސްކީމުގެ ދެވަނަ ބުރުގައި، ލޯނުގެ ޝަރުތުތަކަށް ލުއި ލިބޭނެ: ރައީސް
ދަޕްރެސް
5 ޑިސެމްބަރު 2025 | ހުކުރު | 5:13
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހިޔާވެހި ފައިންނޭންސިންގް ސްކީމުގެ ދެވަނަ ބުރުގައި، އެ ލޯނުގެ ޝަރުތުތަކަށް ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާފަންނު ރައްޔިތުންނާ ރޭ ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ގިނަ މީހުން ވަނީ ބޯހިޔާވަހިކަމާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް ވިދާޅުވީ ހިޔާވަހި ސްކީމު ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ކަން އެ މަނިކުފާނުގެ ސަމާލުކަމަށް މީގެ ކުރިން ބޭއްވި ބައްދަލުވުންތަކުގައި ވެސް ގެނެސްފައިވާ ކަމަށެވެ.