އޮޕަރޭޝަން އަލިމަގު: އައްޑޫގެ 10 ތަނެއް ބަލާ ފާސްކޮށް 10 މީހަކު ހައްޔަރުކޮށްފި

ދަޕްރެސް

6 ޑިސެމްބަރު 2025 | ހޮނިހިރު | 9:48

އޮޕަރޭޝަން އަލިމަގުގެ ނަމުގައި ފުލުހުން މިހާރު ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަން ތަކުގެ ތެރެއިން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލާ ފާސްކުރެވިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށް 10 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، މިމީހުންގެ ތެރެއިން 6 މީހަކު ކޯޓަށް ހާޒިރުކުރެވި ބަންދުގެ މުއްދަތު އިތުރުކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހަކު މިއަދު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށްފައި ވާކަމަށެވެ. އެގޮތުން ސ. ހިތަދޫ / ގުލްކަނދުގެ، ހަސަން ނަޒީފު ހާޒިރުކުރުމުން އިތުރު 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް