ގައްދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި، މިއީ 101.70 މިލިއަން ރުފިޔާގެ މަޝްރޫއެއް
ދަޕްރެސް
6 ޑިސެމްބަރު 2025 | ހޮނިހިރު | 11:39
ގދ. ގައްދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައިވަނީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ކަމަށާއި، މިރަސްމިއްޔާތުގައި ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ އާއ،ި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދުގެ އިތުރުން ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންފައިވާކަމަށެވެ.
އެމްޓީސީސީން ބުނީ މީހުންގެ އާބާދީއެއް އޮންނަ ގައްދޫގައި މިހާރު ހުންނަނީ ސިއްހީ މަރުކަޒެއް ކަމަށާއި، ގައްދޫ ހޮސްޕިޓަލްގެ އާ އިމާރާތް ނިމުމާއެކު ގައްދޫއިން ލިބޭ ފަރުވާ ފުޅާވެ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ވަރަށް ގިނަ ބަލިތަކަށް ބޭސްކުރުމުގެ މަގުފަހި ވެގެންދާނެ ކަމަށެވެ.