ވޭޕް ވިޔަފާރި ކުރުން: 2 ގެއަކާއި 2 އުޅަނދު ބަލައި ފާސްކޮށް، ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް!

ދަޕްރެސް

6 ޑިސެމްބަރު 2025 | ހޮނިހިރު | 8:53

ބޭފް އަދި ވޭޕް ކާތްރިޖް ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ދެ ގެއަކާއި ދެ އުޅަނދު ފާސްކޮށް، ވިޔަފާރުކުރަން ހިންގަމުންދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ، ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖް ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި ބަލައި ފާސްކުރި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ބަލައި ފާސްކުރި ދެގޭގެ ތެރެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މައުޟޫޢުތަށް