ގދ. ތިނަދުއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ އެކިވަރުގެ ގެއްލުން ވެއްޖެ
ދަޕްރެސް
7 ޑިސެމްބަރު 2025 | އާދިއްތަ | 11:00
ގދ. ތިނަދުއަށް ރޭ ދަންވަރުން ފެށިގެން ވެހުނު ވާރޭގައި ފެންބޮޑުވެ އެކި ވަރުގެ ގެއްލުން ވެއްޖެއެވެ.
ތިނަދޫ ސިޓީ ކައުންސިލުން ބުނީ ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ސިޓީ ކައުންސިލާއި އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ރެއިން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.
ބޯކޮށް ވާރޭވެހި ތިނަދޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރު ސްޓޭޝަންގެ ފަޔާފައިޓަރުން ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.