އެންމެންގެ އޮތީ އެއް ޝަކުވާއެއް، ހައްލު ކުރާ މީހަކީ ޗެމްޕިއަން އެވެ.
ދަޕްރެސް
8 ޑިސެމްބަރު 2025 | ހޯމަ | 11:04
'އެއްވެސް ފިލްޓަރެއް ނެތި' ރައްޔިތުންގެ ވާހަކަތައް އެއްސެވުމަކީ، ވެރިކަމަށް ވަޑައިގަތުމަށް ފަހު، ޑރ. މުހައްމަދު މުއިއްޒު ފިޔަވައި ރާއްޖޭގެ އެއްވެސް ރައީސަކު މިހާތަނަށް ކުރައްވާފައިވާ ކަމެއް ނޫނެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަދި މާލެ ސިޓީގެ ކޮންމެ އަވަށަކަށް ވަޑައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވަން ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޑރ. މުއިއްޒު ހިންގަވާ ހިންގެވުމަކީ، ހެޔޮ ފާލެކެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އެދޭ އެދުންތަކާއި ހުރި ޝަކުވާތައް ފިލްޓަރު ކަނޑާލައި ރައީސަށް އަޑުއިއްވުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ، 'ބުނި ބުންޏޭ ކިޔައިގެން' ނުވަތަ 'ހުރިހާ ކަމެއްވެސް ރަނގަޅޭ' ކިޔައިގެން ރައީސްގެ ކަންފަތްޕުޅުގައި ބަސްދަންނަވާ މީހުން ދައްކަވާ ވާހަކަތައް އަމިއްލަފުޅަށް މިންކޮށްލުމަށް ރައީސަށް ވެސް ލިބިވަޑައިގަންނަވާ ރަނުގެ ފުރުސަތެކެވެ.