އިންޖީނަކަށް މައްސަލައެއް ދިމާވެ، އައްޑޫއިން ކަރަންޓު ކެނޑިއްޖެ
ދަޕްރެސް
8 ޑިސެމްބަރު 2025 | ހޯމަ | 11:22
އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެއެވެ.
އައްޑޫގެ ފެނަކަ ބްރާންޗުން ބުނީ އިންޖީނަކަށް މައްސަލައެއް ދިމާވެ އައްޑޫގެ ޕަވާ ހައުސް ޑައުންވެފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން އައްޑޫގެ ގުޅިފައިވާ ރަށްތަކުން މިވަގުތު ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށާއި މައްސަލަ ހަައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.