ފަންރަން މިއުޒިކް ޝޯގައި ޓްރެފިކް ޖޭމް، ސިމްބޮލިކް ރިކޯޑްސް، އިކުއެޓިކް ވައިބް އަދި ހަބޭސްގެ ހަރަކާތްތައް

ދަޕްރެސް

8 ޑިސެމްބަރު 2025 | ހޯމަ | 5:55

އުރީދޫ ފަން ރަން މިއުޒިކް ޝޯގައި ތަފާތު އަދި ހުނަރުވެރި އެކި މިއުޒިކް ބޭންޑުތަކުން ބައިވެރިވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫ ފަންރަން މިއުޒިކް ޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ 18 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:00 އިން ރޭގަނޑު 11:59 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި ފެސްޓިވަލްގެ ތެރެއިން މިއަހަރުގެ މިއުޒިކް ޝޯ ގައި ރާއްޖޭގެ އެންމެ ހުނަރުވެރި އަދި މަޝްހޫރު ބޭންޑްތައް ހިމެނެއެވެ. އެގޮތުން ރާއްޖޭގައި ނަން މަޝްހޫރު ޓްރެފިކް ޖޭމް، އިކުއެޓިކް ވައިބް، ހަބޭސް އަދި ސިމްބޮލިކް ރެކޯޑްސް ހިމެނޭއިރު، ފަން ރަންގެ ބައިވެރިންނަށާއި، އާއިލާތަކަށާއި، މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށާއި، މުޅި މުޖުތަމައަށް ހިތްގައިމު މާހައުލެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

މައުޟޫޢުތަށް