އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ރެކޯޑު ސާފުކުރުމަށް ލުޔެއް ދިނުމަށް އީސީން ނިންމައިފި
ދަޕްރެސް
9 ޑިސެމްބަރު 2025 | އަންގާރަ | 10:10
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމާއެކު ހުށައަޅަންޖެހޭ ކުށުގެ ރެކޯޑާއި، ދަރަނީގެ ރެކޯޑު ސާފުކުރުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ދެ އިންތިހާބުގައި ވާދަކުރަން އެދޭ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާ، ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދުރާލާ ދިނުމަށް ނިނުމަށް ނިންމާފައިވާކަމަށެވެ. އެހެންކަމުން ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސާފުކުރާ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ކޮމިޝަނުން ބަލައިގަންނާނެކަމަށް އީސީންވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކުށާ، ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ކުރިން ދިން ނަމަވެސް، ރިކޯޑު ފޯމުތައް ހުށައަޅަންޖެހޭނީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމުން ކަމަށެވެ.