100އަށްވުރެ ގިނަ ބައިވެރިންނާއެކު ޕަބްލިކް ހެލްތް ކޮންފަރެސް 2025 ފަށައިފި

ދަޕްރެސް

9 ޑިސެމްބަރު 2025 | އަންގާރަ | 11:40

ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުން 100 އަށް ވުރެ ގިނަ ބައިވެރިންނާއެކު ޕަބްލިކް ހެލްތް ކޮންފަރެސް 2025 ފަށައިފިއެވެ.

ވިލާ ނޯޓިކާގައި 2 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސް ފައްޓަވައިދެއްވީ ހެލްތު މިިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ޕަބްލިކް ހެލްތު ކޮންފަރެންސްއަކީ އާއްމު ސިއްހަތަށް އަސަރު ކުރާ މުހިއްމު ކަންކަމާ ގުޅޭގޮތުން ތަޖުރިބާއާއި މައުލޫމާތު ބަދަލުކޮށް މަޝްވަރާތަކާއި ކަމާބެހޭ ކަރުދާސްތަކާ ދިރާސާތައް ހުށަހަޅާ، އެކި ދާއިރާތަކުގެ މާހިރުން ބައިވެރިވެ އާންމު ސިއްހަތުގެ ކަންކަމަށް ހައްލު ހޯދުމަށް ހިޔާލު ބަދަލުކުރުމަށް ބޭއްވޭ ފޯރަމްއެއް ކަމަށެވެ.

މައުޟޫޢުތަށް