ބޭސް ކުންފުނީގެ ޗެއާމަނަކަށް ހަލީމް އަދި ބީސީސިގެ ޗެއާމަނަކަށް އާސަންދައިން ވަކިކުރި ޝަހީދު

ދަޕްރެސް

9 ޑިސެމްބަރު 2025 | އަންގާރަ | 6:09

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ބޯޑުގެ ޗެއާޕާސަން ކަމުގެ މާގަމަށް މާލެ ސިޓީ އޮފް ގްރޫޕް އެންޑް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި"ގެ ނަމުގައި އުފައްދާފައިވާ ކުންފުނީގެ ޗެއާމަން ކަމަށް ހަލީމް ހަމަޖައްސާފައިވާ ކަމަށެވެ. މިއީ މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކުންފުންޏެވެ.

މިދިޔަ ސެޕްޓެމްބަރު 9 ގައި އުފެއްދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯއަކަށް ކުރިން ހުންނެވި ޑރ. ޝާހު މާހިރެވެ. އަދި ހަމަ އެހެންމެ ޗެއާމަނާއި އެމްޑީއާއެކު ޑިރެކްޓަރުންގެ ބޯޑުގައި މި ވަގުތު 6 ބޭފުޅުން ތިއްބަވައެވެ.

މައުޟޫޢުތަށް