23 އަހަރު ހިދުމަތް ކުރެއްވުމަށްފަހު ފަނޑިޔާރު ނިޔާޒު ރިޓަޔާ ކުރައްވައިފި
ދަޕްރެސް
10 ޑިސެމްބަރު 2025 | ބުދަ | 8:33
ޖުޑިޝަލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް ކަމުން މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވައިފިއެވެ.
ހައި ކޯޓުން ބުނީ، ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުގެ މަގާމުން އިއްޔެ ނިޔާޒު ވަކިވެވަޑައިގެންފައިވާ ކަމަށާއި އިއްޔެ އަކީ އެ ކޯޓުގައި ފަނޑިޔާރެއްގެ ގޮތުގައި ނިޔާޒު މަސައްކަތް ކުރެއްވި އެންމެ ފަހު ދުވަސް ކަމަށެވެ.
ފަނޑިޔާރު ކަމުން ރިޓަޔާވުމަށް ނިޔާޒު ޖޭއެސްސީއަށް ހުށަހަޅުއްވާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ނަމަވެސް ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވަން ހުށަހެޅުއްވި ސަބަބު ސާފެއް ނުވެއެވެ.